ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ ކަމަށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވެއްޖެ އެވެ.

ތައިލޭންޑުގައި މިހާރު ކުރިއަށްދާ 18 ވަނަ "އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން"ގައި ޝަމާހު ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

ހަަމަ އެހެންމެ ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށްވެސް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ކަނޑުމަހާއި އޭގެ އުފެއްދުންތަކަށް ދުނިޔޭގެ އިތުރު މާކެޓްތައް ހޯދައި، ފުޅާ ކުރުމަށް މިފްކޯއިން އިސްނަގައިގެން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"ހަމައެއާއެކު ކޭނަރީއާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި، މަސްކިރާ ބޯޓުފަހަރުތަކަށްވެސް އިންވެސްޓް ކުރުމަށް ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް އަޅުގަނޑު މަރުހަބާ ކިޔަން. މިފްކޯއަކީ ދެމެހެއްޓެނިވި ކަނޑުގެ އިގްތިސާދެއް ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާއިރު، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް، ފާގަތި މުސްތަގުބަލެއް ރާއްޖެއަށް ބިނާކޮށްދޭނޭ ބައިވެރިއެއްގެ ގޮތުގައި މި ކުންފުނި އޮންނާނެ." ޝަމާހު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން