ޅެމުން ފަރުވާ ހޯދުމުގެ ދަލީލެއް ގުރުއާނާއި ދީނުން ވެސް ފެންނާން ނެތް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ މައްސަލަ ފަދަ މައްސަލަތަކަށް ފަރުވާ ކުރުމުގެ ޕްރޮގްރާމް ފަށަން މިހާރު ދަނީ ތައްޔާރުވަމުން ނެވެ.

ހެރިޓޭޖް މިނިސްްޓްރީން މިހާރު ވަނީ ޅެންފަރުވާގެ އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއިއެކު ފަހުނާމާއެއްގައި ސޮއިވެސްކޮށްފަ އެވެ.

އެކަމާ ގުޅިގެން ޖަމީލު އެކްސްގައި ވިދާޅުވީ ސަރުކާރެއްގެ ސިޔާސަތު ހިންގުމަށް ދޯހަޅި ބަޔަކު އިސްވެއްޖެނަމަ ހީނުކުރާ ޒާތުގެ ކަންކަމުގައި ޓެކްސް ފައިސާ ހޭދަ ކުރާނެ ކަމަށެވެ. ޖަމީލު ވިދާޅުވީ މިއީ ގައުމިއްޔަތު ދިރުވުން ނޫން ކަމަށާއި މިއީ ކަނޑައެޅިގެން ބޮޑު އޮޅުވާލުމެއް ކަމަށެވެ.

"ކީރިތި ގުރުއާނަކީ ޝިފާއެއް، އެކަމަކު ޅެމުން ފަރުވާ ހޯދުމުގެ ދަލީލެއް ގުރުއާނަކުން ނުވަތަ ދީނުގެ މަސްދަރަކުން ނުލިބޭ. މިނޫން ކަމެއް މިވުޒާރާގައި ހަމަ ނެތުމުން އެނގެނީ ވުޒާރާއަކީ ސިޔާސަތެއް ނެތް ބޭކާރު ތަނެއްކަން!" އޭނާ ވިދާޅުވި އެވެ.

ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ޙާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރައްވާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އިޢުލާނު ކުރައްވާފައި ވަނީ މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


5

ދިވެހި ޒުވާނުން

15-Jun-2024

ޅެންވެރިކަމުގައި ޝިފާއެއްނުވޭ. އެއީ ޚުރާފާތެއް. ގުރްއާން ގައި ޝިފާ ވިއެއްކަމަކު މީހުން ޅެން ގުރްއާން އާ އެއްފަދަ ކުރަން އުޅެނީތޯ ؟


1

އިބްރާހިމް

15-Jun-2024

ފަރުޟު ފަސްނަމާދުގައި ކުރަންޖެހޭ ރަކުޢަތްތަކުގެ ޢަދަދުވެސް ޤުރްޢާނުގައި ލިޔެވި އައިސްފައިނުވޭދޯ. އެކަމަކު އެއީ ދީނުގެ ރުކުނެއް. މިކަމާވެސް މިބޭފުޅުން ސުވާލު އުފެއްދުން އެކަށީގެންވޭ.



ޓްރެންޑިން