އިރާންގެ ރިޔާސީ އިންތިޚާބު ޖޫން 28 ގައި ބާއްވަން ނިންމައިފިއެވެ.

ރިޔާސީ އިންތިޚާބުު ޖޫން 28 ގައި ބޭއްވުމަށް ނިންމާފައިވަނީ އިރާންގެ ގާރޑިއަން ކައުންސިލުންނެވެ. މި ކައުންސިލުން ފާސްކުރި އިންތިޚާބީ ކަލަންޑަރުގައި ވާގޮތުން މެއި 30 އިން ޖޫން 3 އަށް ކެންޑިޑޭޓުން ރަޖިސްޓްރީ ވާން ހުޅުވާލާނެއެވެ. އަދި ޖޫން 12 އިން 27 އަށް ކެންޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

އިރާންގެ ޤާނޫނު ބުނާ ގޮތުން ރައީސަށް ވެރިކަމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ، ނައިބް ރައީސް ވަގުތީ ގޮތުން ވެރިކަމާއި ހަވާލުވާންޖެހެއެވެ. އަދި ވެރިކަމާއި ހަވާލުވުމަށްފަހު 50 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބާއްވަން ޖެހެއެވެ.

މި އިންތިޚާބު ބާއްވަން ޖެހުނީ އިރާންގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާއި ގުޅިގެންނެވެ. ރައީސީ އަވަހާރަވެފައިވަނީ އަޒަރުބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށްފަހު އެނބުރި އިރާނަށް ވަޑައިގެންނެވި ހެލިކޮޕްޓަރު ވެއްޓުމުންނެވެ. ރައީސީ އަރިހުގައި އިރާންގެ ޚާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުﷲ ހިއާން ވެސް ދަތުރު ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން