ނިވާކަންކުޑަކޮށް އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ހަރަކާތްތެރިވާތީ ހައްޔަރުކުރި އަހުމަދު ނަބީލް (ޔާޔާ ނަބީލް)ގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެެވެ.

އުމުރުން 39 އަހަރުގެ ނަބީލު މި ފަހުން އަނެއްކާވެސް ހައްޔަރުކުރީ މި މަހުގެ ކުރީކޮޅު އެވެ. އަދި މި މަހުގެ ފަސްވަނަ ދުވަހު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.

އެެހެންވެ އޭނާގެ ބަންދުގެ މުއްދަތު އިއްޔެ ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޔާޔާ ނަބީލް ހައްޔަރުކޮށްފައިވަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފަށް ނިވާކަންކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިއު ކުރަމުން ދިއުމާއި ގުޅިގެން ކަމަށެވެ.

ޓިކްޓޮކްގައި އަމިއްލައަށް ބަރަހަނާވެގެން 2021 ވަނަ އަހަރުވެސް ނަބީލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހަމަ މިފަދަ މައްސަލައެއްގައި އޭގެ ފަހުން 2022 ވަނަ އަހަރުވެސް ނަބީލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި 2022 ވަނަ އަހަރު، މީސްމީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރުމުގެ މައްސަލައިގައި މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން