އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރ ޔޯއަވް ގަލާންޓް ހައްޔަރުކުރުމަށް ބައިނަލަޤްވާމީ ކުރިމިނަލް ކޯޓަށް ހުށައެޅުމުން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަރުޚަބާ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފް ހޯދައިދިނުމަށް އެޅޭ ވަރަށް ތާރީޙީ ފިޔަވަޅެއް ކަމަށެވެ. އަދި ބައިނަލަޤްވާމީ ޤާނޫނުތަކާއި އެއްވެސް ފަރާތަކަށް ހިލާފް ނުވެވޭނެކަމަށާއި ފަލަސްތީނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ މީހުންނަށް ހައްގު އަދަބު ދޭންޖެހޭ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލަޤްވާމީ ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރ އޮފީހުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާއި ދެކޮޅު ޖަރީމާތަަާ ސާބިތުކުރެވޭވަރުގެ ހެކި ހުރިކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ބައިނަލަޤްވާމީ ގޮތުން ރާއްޖެއިން ވަކާލާތު ކުރާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ބައިނަލަޤްވާމީ ކުރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރ ކަރީމް އަޙްމަދު ޚާން ވިދާޅުވެފައިވަނީ ނަތަންޔާހޫ އާއި ގަލާންޓް ހައްޔަރު ކުރަން ބޭނުންވާ ހެކި ކޯޓަށް ހުށައަޅާފައިވާނޭކަމަށެވެ. އަދި އިތުރަށްވެސް ހެކި ހޯދަމުންދާކަމަށްވެސް ޚާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން