މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް (މ)
މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް (މ)
މިއަހަރުގެ އޭޕްރީލްގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީފައިވާ ކަމަށާއި، މިހާރު މަސްވެރިންނަށް ނުދެވި ހުރީ ގާތްގަނޑަކަށް 63 މިލިއަން ރުފިޔާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯ އިން މިއަދު ބުނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ އެންމެ ފަހުން ދޫކޮށްފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އެގޮތުން އޭޕްރީލްމަހުގެ ނިޔަލަށް ހުރިހާ ފައިސާއެއް ދޫކޮށްފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިފްކޯއިން ބުނީ މިހާރު މަސްވެރިންނަށް ދޫނުކުރެވި ހުރީ ފާއިތުވީ ތިން ހަފްތާގެ ފައިސާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 63 މިލިއަން ރުފިޔާ އެވެ.

ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ކޭޝްފްލޯ ހަމައަކަށް އެޅުމުން މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުން ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރު ނިމެން ގާތްވެފައިވަނިކޮށް، 2023ގެ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައި މަސް ކިލޯއެއް 17 ރުފިޔާއިން 25 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް މި ސަރުކާރުން މިދިޔަ ފެބްރުއަރީ 11 ވަނަ ދުވަހު ނިންމާފައިވަނީ އެއަގު 20 ރުފިޔާއަށް ދަށްކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން