އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި، ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ އީރާނުގެ ރައީސް އަވަހާރަވުމާ ގުޅިގެން ރަސްމީ ގޮތުން ހިތާމަ ފާޅުކުރުމަށް 2024 މޭ 21 ވާ އަންގާރަ ދުވަހުން ފެށިގެން 2024 މޭ 23 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އިރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގައި އެމަނިކުފާނު އަވަހާރަވެފައިވާކަން އީރާންގެ ރަސްމީ މިޑިއާއިން ކަށަވަރު ކޮށްދީފައިވަނީ މިއަދު ހެނދުނުއެވެ. މި ހާދިސާގައި އީރާނުގެ ރައީސްގެ އަރިހުގައި ދަތުރުކުރެއްވި ވަފުދުގެ އެއްވެސް ބޭފުޅަކު ސަލާމަތް ނުވާކަން ވެސް އީރާނުގެ ރަސްމީ މީޑިއާއިން ވަނީ ޔަގީންކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން