ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް
އީރާންގެ ރައީސް އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ތަޢުޒިޔާ ފޮނުއްވައިފިއެވެ.

އީރާންގެ ރައީސް އިބްރާހިމް ރައިސީ އާއި އެޤައުމުގެ ސަރުކާރުގެ އިސްވެރިންތަކެއް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓި، ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން އަވަހާރަ ވެފައިވާކަން އީރާންގެ ދަޢުލަތުގެ މީޑިއާއިން އިޢުލާނުކުރީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ރައީސް މައުމޫން ވިދާޅުވީ، އީރާނުގެ ރައީސާއި ޚާރިޖީ ވަޒީރު އަވަހާރަވުމާ ގުޅިގެން އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާ ކަމަށެވެ.

އަދި އެ ހިތާމަވެރި ޙާދިސާގައި އަވަހާރަވި ފަރާތްތަކުގެ ފުރާނައަށް ބަރަކާތްލައްވައި ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރަށްވައި، އީރާނުގެ ރައްޔިތުންނަށް ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ކެތްތެރިކަން ދެއްވުން އެދި ރައީސް މައުމޫން ވަނީ ދުއާކުރައްވާފައެވެ.

އީރާންގެ ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރ ރެސްކިއު ޓީމުން މިހާރު ހޯދާފައިވާއިރު މިހާދިސާގައި ހެލިކޮޕްޓަރު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ރެސްކިއުޓީމުން އާންމުކޮށްފައިވާ ފޮޓޯތަކުން އެނގެއެވެ.އަޒަރުބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު އެނބުރި އިރާނަށް ވަޑައިގަންނަވަނިކޮށް ރައިސީ ދަތުރުކުރައްވަމުން ގެެންދެވި ހެލިކޮޕްޓަރު ވެއްޓި ރައިސީ އަވަހާރަވެފައިވާއިރު، ރައީސީގެ އަރިހުގައި އެޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރް ޢަބްދުއްލުހައްޔާނީ ވެސް އިންނެވި ކަމަށް އީރާނުްގެ ދަޢުލަތުގެ މީޑިއާއިން ރިޕޯޓް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން