ރާއްޖޭގެ ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް އޮލިމްޕިިކް ގޭމްސް އަށް ކޮލިފައިވުމާއިއެކު މިއަދަކީ ދިވެހި ކުޅިވަރަށް ތާރީޚީ ދުވަހެއް ކަމަށް ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އޮލީމްޕިކްސް ކޮމިޓީ އިން މިއަދު ހާމަކޮށްފައިވާގޮތުން، ޓޭބަލް ޓެނިހުން ފާހަގަކޮށްލެވޭ ދީމާ ވަނީ ރާއްޖެ ފުރަތަމަ ފަހަރަށް އޮލިމްޕިިކް ގޭމްސްގައި ތަމްސީލު ކުރުމަށް ކޮލިފައިވެފައެވެ.

މިކަމާ ގުޅިގެން ކުރީ ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާގެ ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދީމާ އަށް މަރުޚަބާ ވިދާޅުވެ، މިއަދަކީ ދިވެހި ކުޅިވަރަށް ތާރީޚީ ދުވަހެއް ކަމަށް ފާހަގަކުރައްވާފައިވެއެވެ.



މަޚުލޫފް ވިދާޅުވީ މިއީ ތުއްތު އިރުންފެށިގެން ހިތްވަރާއެކު ދީމާ ކުރަމުން އަންނަ މަސައްކަތުގައި ވަރަށްބޮޑު ކާމިޔާބެއް އަދި ދިވެހިންނަށް ވަރަށް ރީތި ނަމެއް ހޯދާދިން ދުވަހެއްކަމަށެވެ. އަދި ދީމާގެ ކާމިޔާބީގެ ފަހަތުގައި އަބަދުވެސް އެންމެ ބޮޑު އެހީތެރިކަމެއްދީ އެންމެ ބޮޑު ގުރުބާނީއެއްވާ އޭނާގެ މަންމަ އަދި ބައްޕަ އަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރަށާވާފައިވެއެވެ.

މީގެއިތުރުން މަޚުލޫފު ވަނީ ރާއްޖެއަށް މިލިބުނު ކާމިޔާބީ ފާހަގަކޮށް ޓީޓީ އެސޯސިއޭޝަން އަދި އެކްސްކޯގެ މަސައްކަތަށާއި، އޮލިމްޕިކު ކޮމިޓީގެ ރައީސް އަދި އެކްސްކޯއަށް ޝުކުރު އަދާކޮށް، މިހާރުގެ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ރާފިއުއަށް މަރުހަބާ ވިދާޅުވެފައެވެ.



އަދި މިސަރުކާރުން، މިނިސްޓަރ ރާފިއުގެ ބެއްލެވުމުގެދަށުން ކުޅުންތެރިންނަށް އިތުރުފުރުސަތުތައް ފަހިކޮށްދެއްވާ އިތުރު ކާމިޔާބީތަކެއް ހާސިލްކުރުމަށް މަގުފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން އޮތްކަމަށް މަޚުލޫފް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން