ރަހީމް ސްޓާލިން (މ). ރޭގެ މެޗުގައި ސިޓީއަށް 100 ވަނަ ގޯލް ޖަހައިދިން.
ރަހީމް ސްޓާލިން (މ). ރޭގެ މެޗުގައި ސިޓީއަށް 100 ވަނަ ގޯލް ޖަހައިދިން.
ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު މެންޗެސްޓަރ ސިޓީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ރޭ އަމިއްލަ ދަނޑުގައި 2-1 އިން ރެއާލް ބަލިކޮށް ސިޓީން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ. ކޯވިޑް-19 ގެ ސަބަބުން މުބާރާތް ހުއްޓާލުމުގެ ކުރިން މިދެޓީމު ކުޅުނު ފުރަތަމަ ލެގްގެ މެޗު ސިޓީން ކާމިޔާބުކުރީ 2-1 އިންނެވެ.

ރޭގެ މެޗުގައި ސިޓީގެ ދެ ލަނޑަކީ ވެސް ރެއާލް ރަފައެލް ވެރާން އަށް ހެދުނު ގޯސްތަކުން ކާމިޔާބުކުރި ލަނޑުތަކެކެވެ. ކެޕްޓަން ސާޖިއޯ ރާމޯސް ސަސްޕެންޝަނުގައި ހުރުމުން މުޅި މެޗުގައި ވެސް ރެއާލްގެ ޑިފެންސް ފެނުނީ އާދައިގެ ގޮތަކަށެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ސިޓީން ލީޑު ނެގީ ވެރާން އަމިއްލަ އޭރިޔާތެރޭ ހިފައިގެން ހުރި ބޯޅަ ސިޓީގެ ގެބްރިއަލް ޖެސޫސް ހޯދުމަށް ފަހު ރަހީމް ސްޓާލިން އަށް ޖައްސާލުމުން ހުސް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ސިޓީ އަށް ބަދަލުވުމަށް ފަހު ސްޓާލިން ޖެހި 100 ވަނަ ލަނޑެވެ.

ސިޓީން ލީޑު ނެގި ނަމަވެސް ރެއާލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކަރީމް ބެންޒެމާ ބޮލުން ޖެހި ލަނޑުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ސިޓީން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ ވެރާން ގޯލްކީޕަރަށް ބޮލުން ޖައްސާލި ބޯޅަ ހޯދުމަށް ފަހު އެއް ފަހަރުން ގޯލުގެ ތެރެއަށް ވައްދާލައިގެން ޖެސޫސް ކާމިޔާބުކުރި ލަނޑުންނެވެ.

ކުއާޓާ ފައިނަލުގައި ސިޓީ ވާދަކުރާނީ ރޭ ޔުވެންޓަސް އަތުން މޮޅުވި ލިޔޯންއާ އެވެ. މި މެޗު ކުޅޭނީ މި މަހުގެ 16 ވަނަ ދުވަހުގެ ރެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން