ރަންބީރް ކަޕޫރްގެ އާ ހެއާ ސްޓައިލަށް އެންމެންގެ ސަމާލުކަން ލިބި ތައުރީފް ކުރަންފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ނޫޅޭކަމުގައި ވީނަމަވެސް ރަންބީރް ކަޕޫރްގެ ހެއަރ ސްޓައިލިސްޓް އާލިމް ހަކިމް ވަނީ ރަންބީރުގެ އާ ހެއަރ ސްޓައިލްގެ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ލާފައެވެ. މިއާއެކު އެ ފޮޓޯއަށް ރަންބީރްގެ އެތަކެއް ފޭނުން ދަނީ ތައުރީފްގެ މެސެޖުތަކާއެކު، އާ ހެއަރ ސްޓައިލުން ރަންބީރުގެ ސްމާޓްކަން ފާހަގަކޮށް ކޮމެންޓު ކުރަމުންނެވެ. އަދި މި އާ ހެއަރ ސްޓައިލްގެ ސަމާލުކަން އިންޑިއާގެ ގިނަ މީޑިއާތަކުން ވެސް މިހާރު ވަނީ ފާހަގަކޮށްފައެވެ.



އުމުރުން 41 އަހަރުގެ ރަންބީރް ކަޕޫރް އެންމެ ފަހުން ފެނިގެންދިޔައީ ހުސްވި އަހަރު ޑިސެމްބަރ މަހު ރިލީޒް ކުރި ހިންދީ ފިލްމު އެނިމަލް އިންނެވެ. އެ ފިލްމަށް ބޮޑު ކާމިޔާބީ އެއް ލިބިފައިވާއިރު އެފިލްމުގައި ރަންބީރު ކުޅުނު ރޯލަށް ބެސްޓް އެކްޓަރ ގެ އެވަރޑަށް ވަނީ ނޮމިނޭޓްވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ރަންބީރްް ކަޕޫރް މިވަގުތު ދަނީ ނިތޭޝް ތިވާރީގެ ރާމަޔަނަ ޝޫޓްކުރަމުންނެވެ. އެ ފިލްމުގެ ޝޫޓިންގ ނިމުމުން އާލިއާ ބަޓް އަދި ވިކީ ކައުޝަލް އާއެކު ސަންޖޭ ލީލާ ބަންސާލީގެ ލަވް އެންޑް ވޯ ގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން