އެއްފުރާޅެއްގެދަށުން ޒަމާނީ ކޮންސްޓްރަކްޝަން ހައްލުލިބޭނޭ ގޮތަށް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް ހުޅުވައިފިއެވެ.

ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް ހުޅުވައިދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމްއެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވރޫމް އިން އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް (ސިމެންތި, ހިލަ, ހިލަވެލި, ދަގަނޑު, ގީއައި ޕައިޕް, ސިމެންތި ފިލާ. އަދި ރޫފިންގް ޝީޓް) ގެ އިތުރުން މަކިޓާ ޓޫލްސް، އަދި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތައް ލިބިގެންދާނެއެވެ. އަދި ކަސްޓަމަރު އިހްތިޔާރު ކުރާ ނިޕޯންގެ ކޮންމެ ކުލައެއް ތައްޔާރުކުރުންވެސް ވަގުތުން ކުރިއަށް ދާނެ އިންތިޒާމް މި ޝޯވރޫމްގައި ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭ ޝޯރޫމް ވެގެންދާނީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ޝޯވރޫމް ގާއިމުކޮށްފައިވަނީ ހަމަކުރިންވެސް އެސްޓީއޯ ހުޅުމާލެ ފިހާރަ ހުޅުވައިފައިވާ ލޮކޭޝަނުގައި، އެސްޓީއޯ ސްމާރޓް ސްޓޯއާއި ޖެހިގެންނެވެ.



ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަންއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެރެކޮށް ރައްޔިތުންނާއި ހިސާބަށް ގެނެސްދޭ ކުންފުންޏެވެ. މީގެ އިތުރުން ކޮލިޓީ ވަރުގަދަ މިކްސް ޑިޒައިނިންތަކުގެ ކޮންކްރިޓްއާއި، ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބްރޭންޑްކަމަށްވާ ކޯނޭ ލިފްޓް، އަދި މަކިޓާ ޓޫލްސް ފަދަތަކެތި އެތެރެކޮށް ރާއްޖޭގެ މާކެޓަށް ފޯރުކޮއްދޭ ކުންފުންޏެވެ. އެސްޓީއޯގެ ތާރީހުގައި އެސްޓީއޯއަށާއި، ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާޔަތަށްވެސް ގިނަގުނަ ފާހަގަކޮއްލެވޭ ތާރީހީ ކުރިއެރުންތަށް ވަނީ ގެނެސްދެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން