ކައުންސިލްތަކުގެ ޚިދުމަތް ފުޅާކޮށް ރައްޔިތުން ކުރާ އިތުބާރު ބޮޑު ކުރަންޖެހޭ ކަމަށް ކައުންސިލްތަކާއި ސިޓީތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީން ކުރިއަށްގެންދާ "ފަނޯއްލަ ދަރުބާރު"ގެ އުތުރުގެ އަތޮޅުތަކަށް ޚާއްސަ ދަރުބާރު ފައްޓަވައިދެއްވާ އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން ކައުންސިލްތަކަށް މެމްބަރުން އައްޔަނުކުރަނީ ހަގީގީ މާނައިގައި ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ.

ހަމަ އެހެންމެ މިއަދު ރާއްޖޭގެ ނިޒާމް ހަމެޖެހިފައި އޮތް ގޮތުން ވެސް އޭގެ ޒާާތުގައި ރައްޔިތުންނަށް ދިވެހި ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްިދނުމުގައި ވެސް އެންމެ ގާތުން ތިބީ ސިޓީ ކައުންސިިލްތަކާއި ރަށު އަދި އަތޮޅު ކައުންސިލްތައް ކަމަށް ވަޒީރު ވިދާޅުވި އެވެ.

އާދަމް ޝަރީފު ވިދާޅުވީ އެ ކައުންސިލްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުކުރުމަށް ކައުންސިލްގެ ހިދުމަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާ ކުރަން ޖެހޭ ކަމަށެވެ.

"ހަގީގަތުގައި ވެސް ކައުންސިލްތަކަށް ރައްޔިތުން ވަރަށް ބޮޑަށް ބަރޯސާވޭ، އަދި ވަރަށް ގިނަ އުއްމީދުތަކެއް ކައުންސިިލްތަކާމެދު އޮވޭ. އަދިި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކައުންސިލްތައް ހިންގަވަން ތިއްބަވާ ބޭފުޅުން ވެސް އެއް ދުވަހުން އަނެއް ދުވަހަށް ކައުންސިލްތައް ބާރުވެރިވުމުގެ މައްޗަށް ކައުންސިލްތައް ހަރުދަނާ ކުރުމުގެ މައްޗަށް އެތައް ވާހަކަތަކެއް އެތައް މަޝްވަރާތަކެއް ކުރެވެމުން އެބަދޭ." އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއް ދުވަހުން އަނެއް ދުވަހުން އަނެއް ދުވަހަށް އަންނަމުންދާ ބަދަލުތަކާ އެކުވެސް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން