ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފުގެ އަނބިކަނބަލުން ނަޒުރާ ނަސީމް (ނަޒޫ) އަށް މަޖިލިސް އިންތިހާބުގައި އެންޓި ކެމްޕޭންކޮށް އިންތިހާބުން ބަލިކުރުމަށް އޭނާގެ ބޭބެ އަދި ކުރީގެ ނާއިބު ރައީސް ފައިޞަލް ނަސީމް މަސައްކަތް ކުރެއްވިކަމަށް މަހްލޫފް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ސްކްރީންޝޮޓަކުން ހާމަވާގޮތުގައި، އެމްޑީޕީ 2024 ކިޔާ ވަޓްސްއެޕް ގުރޫޕެއްގައި މަހުލޫފް ވަނީ އެ ވާހަކަތައް ތިލަކުރައްވާފައެވެ.

މަހުލޫފް ވިދާޅުވެފައިވަނީ، ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލީ ސީދާ ފައިސަލް ނަސީމް ކަމަށެވެ. އަދި ނަޒޫގެ ކެމްޕޭން ޓީމުގެ ފަރާތުން އެކަން ޕާޓީގެ ކަމާބެހޭ ކޮމެޓީއަށް ހުށަހަޅާނެކަމަށާއި، ދާއިރާގެ އެތައްބަޔަކަށް ގުޅުއްވާ ނަޒޫއާއި ދެކޮޅަށް ފައިސަލް ނަސީމް މަސައްކަތް ކުރައްވާފައިވާކަމަށް މަހުލޫފު ވިދާޅުވެފައި ވެއެވެ."މިކަން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާ އަދި ނަޒޫގެ މައިންބަފައިންނާ އާއިލާއަށްވެސް އެނގޭ. މިކަމުގައި އަޅުގަނޑުމެން މިތިބީ ދޫދޭ ގޮތަކަށް ނޫން." މަހުލޫފުގެ މެސެޖުގައި ލިޔުއްވާފައިވެއެވެ.

ނަޒޫއާއި ދެކޮޅަށް ފައިސަލް މަސައްކަތް ކުރައްވަން ފެއްޓެވި ސަބަބެއްގެ ގޮތުގައި މަހުލޫފު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި މަޖިލީހުގެ ރައީސް އަސްލަމް ރަނިންގމޭޓަކަށް ހަމަޖެއްސި ހިސާބުން ކަމަށެވެ. އޭގެ އިތުރުން ވެސް އިތުރު ސަބަބެއް ހިމެނޭ ކަމަށާއި އެހެންކަމުން އެކަން ފުލުހުންނަށް ވެސް ހުށަހަޅާފައިވާނޭކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފު އިތުރަށް ވިދާޅުވެފައިވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިންމަން އެތައް މަސައްކަތެއް ކުރިގޮތަށް މިފަހަރު މަޖިލިސް ގޮނޑި ވެސް މިވަނީ ގެއްލުވާލާފައި ކަމަށެވެ.

މި ތުހުމަތާއި ގުޅިގެން ފައިސަލް ނަސީމް އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގައި ނަޒޫ ބަލިވެ ވަޑައިގެންނެވީ އެންމެ 48 ވޯޓުގެ ތަފާތުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން