ނަވާރަ ވަނަ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީން ނަގައިގެން ރައްޔިތުން ކަންބޮޑުވާވަރުގެ ކަމެއް ނުކުރާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދިއްޔަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ސުޕަ މެޖޯރިޓީ ލިބިފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި މީކާއިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ މިހާރު ގައުމުގެ ހާލަތު ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާ ކަމަށެވެ. އެގޮތުން މިހާރު ގާނޫނު އަސާސީވެސް މި ސަރުކާރަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވެ މީކާއިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ފާއިތުވި ނަވާރަ ވަނަ މަޖިލީހުގައި އެމްޑީޕީއަށް ވެސް މަޖިލީހުގެ މެޖޯރިޓީ ލިބުނު ކަމަށެވެ.

"ނަމަވެސް ރައްޔިތުން ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ފާއިތުވި ފަސް އަހަރު މި މެޖޯރިޓީގެ ނާޖާއިޒް ބޭނުން ހިފައިގެން ކުރި މަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ. އެހެން ނަމަވެސް ކުރިއަށް އޮތް ފަސް އަހަރު ކަންވެގެންދާނީ ކިހިނެއްތޯ. ނިމިގެން މިދިޔަ ފަސް އަހަރުގެ ތަޖުރިބާއާއެކު އަޅުގަނޑުމެން ހިތުގައި އުފެދޭ ކަންބޮޑުވުމެއް." މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނާއި އެހެން ޕާޓީތަކުގެ މެމްބަރުންނާއި އަދި ގައުމު އިސްލާހުކުރަން ބޭނުންވާ އެންމެހާ ރައްޔިތުން ވެސް ހިތްވަރު ކުރަން ޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތީ ބަނަ ދުވަސްތަކެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު


1

ހާނީ

25-Apr-2024

ފުޅަށްބުޑުންދަންޏާ ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާހެން



ޓްރެންޑިން