ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ ގެއްލުންތަކެއް ވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓުން މިރޭ ބުނި ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ހިޔާ ފްލެޓް 11-11-11ގައި ކަމަށެވެ. އެ ހާދިސާގައި ގެއްލުން ލިބިފައިވަނީ އެ އެޕާޓުމަންޓުގެ އެއް ކޮޓަރިއަށް ކަމަށާއި އެ ކޮޓަރީގައިހުރި ތަކެތި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި ކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެ އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ވަނީ ބުނެފައެވެ.

ނަމަވެސް، މި ހާދިސާ ހިނގީ ކޮން އިރަކުކަމާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އާންމުކުރި ފޮޓޯތަކުން ފެންނަގޮތުގައި، އެތަނުގައިހުރި އެނދާއި އެދުގައި އޮތް ގޮދަޑީގެ އިތުރުން ސީލިންގު ލައިޓްތަކާއި ފަންކާއަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން