ދިވެހިން އެމްޑީޕީދެކެ ފޫހިވީ ތަރައްޤީގެ ބާބުގައި ނަތީޖާ ނުނެރެވުމުން ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ލިބުނު ކާމިޔާބާއި ގުޅިގެން ޝައިޚް ޒައިދު ވިދާޅުވީ ދިވެހިން އެމްޑީޕީ މަތިން ފޫހިވީ ދީނީ ކަންކަމުގައި އެ ޕާޓީއަށް ނިސްބަތްވާ ބައެއް މީހުންގެ ވިޔާނުދާ ފިކުރުތަކާއި ޢަމަލުތަކުގެ ސަބަބުން ކަމަށެވެ.

އޭގެ އިތުރުން އެމްޑީޕީގެ ނާކާމިޔާބީގެ އަނެއް ސަބަބަކީ ތަރައްޤީގެ ބާބުގައި ނަތީޖާ ނުނެރެވި ތަފާތު ނުދެއްކުން ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

“އެއާ ޚިލާފަށް ރައީސް ޑރ. މުޢިއްޒު ދަނީ ބްރިޖާއި ފޭސް ދޭއް ފަދަ ބޮޑެތި ކަންކަމުގައި ތަފާތު ދައްކައި ބަހާ ޢަމަލު ދިމާކުރަށްވަމުން.” ޒައިދު ވިދާޅުވިއެވެ.

ޒައިދު ވިދާޅުވީ ރައީސް މުޢިއްޒަކީ ވަރަށް މަސައްކަތް ކުރަށްވާނެ ހީވާގި ބޭފުޅެއްކަމަށް ކަަމަށް އިދިކޮޅު ޕާޓީތަކަށް ތާޢީދު ކުރާ ރައްޔިތުންވެސް ޤަބޫލުކުރާ ކަމަށެވެ.

ޒައިދު އިތުރަށް ވިދާޅުވީ މި އިންތިޚާބު ސަރުކާރުން ކާޏިޔާބުކުރީ ހުސް ގޮނޑި އާއި ވަކި ބޭފުޅެއްގެ ފޮޓޯވެސް ދެއްކުމެއްނެތި ކަމަށެވެ.

“އެކަމަކު 70 ޕްލަސް ސީޓްސް ލިބިއްޖެ! ވީމާ ދެން އެ ވާހަކަ ނުދައްކަމާ!” ޒައިދު ވިދާޅުވިއެވެ.

ޒައިދު މިބީދައިން ވިދާޅުވެފައިވާއިރު އިއްޔެ ބޭއްވި މަޖިލީހުގެ އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާ ގޮތުން 70 ގޮނޑިއާއެކު ސަރުކާރަށް ވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

މި އިންތިޚާބުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ 12 ވަރަކަށް ގޮނޑިއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން