މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާއަށް ވާދަ ކުރެއްވި މިހާާރުގެ މެމްބަރު އަބްދުﷲ ޖާބިރަށް ނާކާމިޔާބުވެވަޑައިގެންފި އެވެ.

މި ފަހަރުގެ އިންތިހާބަށް ޖާބިރަށް އެމްޑީޕީގެ ޓިކެޓް ލިބުނު ނަމަވެސް ފަހުން އެެމްޑީޕީން އެ ޓިކެޓް ވަނީ އަތުލައިފަ އެވެ. އަދި ފަހުން އެ ޓިކެޓް ނިމިގެން ދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އަންޑަރ ސެކްރެޓަރީގެ މަގާމު ފުުރުއްވި ވަކީލު އަބްދުﷲ ނަސީރު އަށް އޮތީ ދީފަ އެވެ.

އެހެންވެ އެ ދާއިރާއަށް ޖާބިރު ވާދަ ކުރެއްވީ އަމިއްލަ ގޮތުން ނެވެ.

ނަމަވެސް މި ފަހަރު ކާށިދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުންތަޒިމް އިބްރާހިމް އެވެ.

އެންމެ ފަހުން ބޭއްވި އިންތިހާބުގައި ޖާބިރު ކާށިދޫ ދާއިރާގެ ގޮނޑި ނެންގެވީ އަމިއްލަ ގޮތުން ވާދަ ކުރައްވައިގެން ނެވެ. އެއީ އެފަހަރު އެމްޑީޕީގެ ޕްރައިމަރީން ބަލިވެވަޑައިގަތުމުން ނެވެ.

އެކަމަކު ޖާބިރު ވަނީ މަޖިލީހުގެ ދައުރު ނިމެން އުޅެނިކޮށް އެމްޑީޕީއަށް ސޮއި ކުރައްވައިފަ އެވެ.

ޖާބިރު މަޖިލީހުގައި ބޮޑަށް ފެނިގެން ގޮސްފައިވަނީ ބޮޑު "ޖޯކެއް"ގެ ގޮތުގައި ކަމަށްވާތީ އެނާ އެ މަގާމަށް ކުފޫ ހަމަނުވާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން އޮތީ އަމާޒުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން