20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސްޕަރމެޖޯރިޓީ ވެރިކަންކުރާ ޕީއެންސީން ހޯދަމާނެ ކަމަށް ބެލެވިއްޖެ އެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާތަނަށް ގިނަ ދާއިރާތަކުގެ ފޮށިތައް ވަނީ ގުނާ ނިމިފައެވެ.

މިހާތަނަށް ލިބުނު ވަގުތީ ނަތީޖާތަކަށް ބަލާއިރު މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން ޕީއެންސީން 71 ގޮނޑިން ވަނީ ކުރި ހޯދާފައެވެ.​

މާލެ ސިޓީއާއި ފުވައްމުލަކު ސިޓީގެ އަޣުލަބިއްޔަތު ވެސް ވެރިކަންކުރާ ޕީއެންސީއިން ވަނީ ހޯދާފައެވެ.

މާލޭގެ މުހިއްމު ދާއިރާތަކުގެ ތެރެއިން، އެމްޑީޕީން ޒަމާނުއްސުރެ ކާމިޔާބުކުރަމުން އައި މާފަންނު ހުޅަނގު ދާއިރާގެ ގޮނޑިއާއި ހެންވޭރު ހުޅަނގު ދާއިރާއާއި މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާގެ ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ.

އަދި ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ ގިނަ ދާއިރާތައްވެސް އެ ޕާޓީންވަނީ ކާމިޔާބު ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން