ޕީއެންސީގެ ކެންޑިޑޭޓުންގެ ގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި، ރައީސް ޑރ، މުޙައްމަދު މުޢިއްޒުގެ ހާއްސަ މުޝީރު ޢަބްދުއްރަހީމް ޢަބްދުﷲ އާއި ނޫސްވެރިޔާ އަޙްމަދު އަޒާން ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.

މި އިންތިހާބުގައި ޢަބްދުއްރަހީމް ވާދަކުރެއްވީ އޭނާ ކުރިންވެސް މަޖިލިސް ގޮނޑި ފުރުއްވި ފޮނަދޫ ދާއިރާއަށެވެ. ޢަބްދުއްރަހީމާއެކު ޖުމުލަ 5 ކެންޑިޑޭޓުން އެ ދާއިރާއަށް ވާދަކުރިއެވެ.

ނޫސްވެރިޔާ އަޙްމަދު އަޒާން ކުރިމަތިލެއްވީ ހިތަދޫ މެދު ދާއިރާއަށެވެ. އެ ދާއިރާއަކީ ޒަމާނުއްސުރެ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ދާއިރާއެކެވެ.

މި ދެ ދާއިރާގެ ވެސް ހުރިހާ ފޮއްޓެއްގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް، ވޯޓުގެ ފަރަގަށް ބަލާއިރު މި ދެ ގޮނޑިވެސް ކާމިޔާބު ވެފައިވާކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން