ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގެ ވޯޓު ނެގުމުގެ ވަގުތު ހަވީރު 5:30 އަށް ހަމަވެ ކިއުތައް ބަންދު ކޮށްފިއެވެ.

އީސީން ބުނީ ކިއުގައި މީހުން ތިބިނަމަ އެ ބޭފުޅުން ވޯޓުލާ ނިމުމުން ވޯޓުފޮށިތައް ބަންދުކުރެވޭނެ ކަމަށެވެ. އަދި މިހާރުވެސް ގިނަ ޢަދަދެއްގެ ވޯޓު ފޮށިތައް ބަންދު ކޮށްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

އިންތިޚާބުގެ ވޯޓު ގުނުމަށް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބަންދުކުރާ ވަގުތުން ފެށިގެން 30 މިނެޓް ދިނުމަށްފަހުއެވެ.

އީސީގެ ހިސާބުތަކުން ދައްކާގޮތުގައި 5 ޖެހުމާ ހަމައަށް 207693 މީހުން ވޯޓުލާފައިވެއެވެ.

މި އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެ ދާއިރާތަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ.

މި އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބެނީ 284،663 މީހުންނަށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން