ތޮއްޑު އާއި ރަސްދޫގެ އިހުތިސާސްގައި މާފަޅުގެ 200 ހެކްޓަރު ހިމަނައިފިއެވެ.

ރައީސް އޮފީހުން މިއަދު އާންމުކުރި ރިޔާސީ ގަރާރުގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ތޮއްޑު އާއި ރަސްދޫގެ އިހުތިސާސްގައި “މާފަޅު”ގެ 200 ހެކްޓަރު ހިމަނަން ކަނޑައަޅާފައިވާ ކަމަށެވެ.

މާފަޅު އޮންނަނީ ރަސްދުއާ ހަ ކިލޯ މީޓަރު ދުރުގައި، އަދި ތޮއްޑުއާ 12 ކިލޯމީޓަރު ދުރުގައެވެ. އަދި ކޮންމެ ރަށަކަށް ވެސް ދީފައިވަނީ ފަޅުން 200 ހެކްޓަރުގެ ސަރަހައްދެކެވެ.

މިދިޔަ ހަފްތާގެ ތެރޭގައިވެސް ސަރުކާރުން ވަނީ ބައެއް ރަށްރަށުގެ އިޚްތިޞާސްގައި ފަޅުތަކާއި ރަށްތައް ހިމަނާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން