ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓްލާން ހަވީރު ވަންދެން މަޑުނުކޮށް ހެނދުނު އަވަހަށް ވޯޓްލާން ނިކުތުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން މާލެއާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިހާރު ވަނީ ފަށާފައެވެ. ވޯޓުލުން ކުރިއަށް ގެންދާނީ ހެނދުނު 8:00 އިން ހަވީރު 5:30 އާ ހަމައަށެެވެ. މިއަދު ކުރިއަށްދާ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ވަނީ ވޯޓް ލައްވާފައެވެ. އެ މަނިކުފާނު ވޯޓުލައްވާފައިވަނީ މިއަދު ހެނދުނު ތާޖުއްދީން ސްކޫލުގައި ހުންނަ ވޯޓް ފޮއްޓަށެެވެ.
ވޯޓުލެއްވުމަށް ފަހު އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ވޯޓު ލުމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި އެއީ ރައްޔިތުން އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ވެސް ނުކުމެ ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
"ހަވީރުވަންދެން މަޑުނުކުރައްވައި ވޯޓު ލައްވަންޖެހޭ މަރުކަޒަކަށް ވަޑައިގެން ވޯޓު ދެއްވުމަކީ ތިޔަބޭފުޅުންނަށް އޮތް ހައްގެއް އަދި ޒިންމާއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރައްވައެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އިންތިހާބުގައި 603 އަށް ވުރެ ގިނަ ވޯޓްފޮށި ބަހައްޓާފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ތިން ގައުމެއްގައި ވަނީ ވޯޓުފޮށި ބަހައްޓާފައެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓްލުން ހުރިހާ ކަންކޮޅުތަކުގައި އަދި ދަނީ ވަރަށް އަމާން އޮމާންކޮށެވެ.

ކިޔުންތެރިންގެ ހިޔާލު