ބޯހިޔާވަހިކަމަށް ފައިސާ ދެއްކުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ސަރުކާރުން ބޯހިޔާވަހިކަމަށް އެކުލަވާލާފައިވާނީ ރައްޔިތުންނަށް ޖުމްލަ ހައްލެއް ހޯދައިދިނުމުގެ ސިޔާސަތެއް ކަމަށެވެ.

އެ ސިޔާސަތުގެ ދަށުން ކުރީ ސަރުކާރުތަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އެންމެ އަވަހަށް ކުރިއަށް ގެންދާ މަޝްރޫއުއަކުން ބޯހިޔާވާހިކަން ހޯދައިދިނުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި އެފަދަ އެކި މަޝްރޫއުތަކުން ލިބިފައިވާ ބޯހިޔާވަހިކަމަށް ދައްކަންޖެހޭ ފައިސާ ދެއްކެމުގައި ދިވާވެފައިވާ މައްސަލަތަކަށް ހައްލު ގެނެސްދިނުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

އެގޮތުން 2010 ވަނަ އަހަރު ހުޅުވާލި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުން އަރަބިއްޔާއާއި ގާކޮށީގައި އިމާރާތްކުރެވުނު ޓާޓާ ފްލެޓުތަކަށް ޝަރުުތު ހަމަވި ނަމަވެސް ފްލެޓު ލިބުމުން މަހުރޫމްވެފައިވާ ފަރާތްތަކާއި، އެ މަޝްރޫއުން ފްލެޓު ހޯދުމަށް ބޮޑު އިންޓަރެސްޓެއްގައި ލޯނު ހަމަޖައްސަން ޖެހުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެހެން އެއްވެސް މަޝްރޫއުއަކުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް ސަރުުކާރުން މިހާރު އިމާރާތް ކުރަމުންދާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ހޯދައިދިނުމަށް ނިންމާފައިވާކަމަށް މިނިސްޓްރީއިން މަޢުލޫމާތު ދީފައިވެއެވެ.

ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ޙައްލު ހޯދައި ދިނުމަށް މި ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ސަރުކާރުން ވަނީ “ރަސްމާލެ” މަޝްރޫޢު އިޢުލާނުކޮށް ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން