މ. މަޑުއްވަރިން މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް ގެއްލުނު ދޯނި ހޯދުމަށް މިހާތަނަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ “ފަރިހި 2” ދޯނި ހޯދުމަށް ކަނޑާއި ވައިގެ މަގުން 440 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާއިރު، އަދިވެސް ދޯނި ހޯދުމަށް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.

މ. މަޑުއްވަރިން ފުރައިގެން މ. ރަތްމަންދޫ ބޭރަށް މަސްވެރިކަމަށް ނިކުތް އެ ދޯނީގައި ޖުމުލަ ތިން މީހަކު ތިބިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެ ދޯނި ގެއްލުނުކަމުގެ ރިޕޯޓް ފުލުހުން މެދުވެރިކޮށް އެމްއެންޑީއެފަށް ލިބިފައިވަނީ ރޭގެ 10:45 ހާއިރުގައެވެ.

އޭރުއްސުރެ ކޯސްޓްގާޑުގެ އެހީގައްޔާއި ވައިގެ މަގުން އެ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި އެ ދޯނި ހޯދުމަށް ރޭގެ 02:00 ހާއިރު އެމްއެންޑީއެފްގެ“އަންމޭންޑް އޭރިއަލް ވެހިކަލް” ޔޫއޭވީ (ޑްރޯން) އުދުއްސާލާފައިވާކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން