ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓުގައި ހއ. ކެލާ ދާއިރާއަށް ވާދަކުރައްވާ އަހްމަދު ޣާލިބަށް ތާއީދުކުރައްވަން ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް ނިންމަވައިފި އެވެ.

ފުވައްމުލަކަށް ވަޑައިގެން އެރަށުގައި ތިބި ޕީޕަލްސް ނޭޝަނަލް ފްރޮންޓް، ޕީއެންއެފް ސަޕޯޓަރުންނާއެކު ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމިން ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ހއ. ކެލާ ދާއިރާއަށް ވާދަކުރައްވާ އަހްމަދު ޣާލިބަށް އެމަނިކުފާނުގެ ތާއިދު އެބައޮތް ކަމަށެވެ. ޔާމިން ވިދާޅުވީ ޣާލިބް ކުރިން ޕީޕީއެމްގައި މަސައްކަތް ކުރައްވާފައިވާ ކަމަށް ޔާމިން ވިދާޅުވިއެެވެ. އޭނާ އޭރު އެ ޕާޓީއަށް އިހުލާސްތެރިކަމާ އެކު މަސައްކަތް ކޮށްދެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.



"ޣާލިބަކީ ތައުލީމީ ޒުވާނެއް. ޣާލިބަކީ އަޅުގަނޑު އާއިލާ ކުއްޖެއް ވެސް ނޫން. ޣާލިބަކީ މުއިއްޒުގެ އާއިލާ ކުއްޖެއް. އެކަމަކު އަޅުގަނޑު އޭނާއަށް ތާއީދު އެބަކުރަން." ޔާމިން ވިދާޅުވިއެވެެ.

ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނަކީ ޒާތީ ތައައްސަބަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ގައުމީ ބޮޑެތި މަސްލަހަތު ހިމާޔަތް ކޮށްދޭ މީހެއް ކަމަށްވާނަމަ އެމަނިކުފާނުގެ ތާއީދު އަބަދުވެސް އޮންނާނެ ކަމަށް ޔާމިން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން