ދިވެހި ޙައްޖުވެރިންތަކެއް
ދިވެހި ޙައްޖުވެރިންތަކެއް
އަލް ބުރޫޖް ގްރޫޕްގެ ޙަވާލުގައި ޢުމްރާއަށް ދިޔަ 39 މީހުންވެސް ސަޢުދީގައި ތާށިވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލް ބުރޫޖް ޙައްޖު އެންޑް ޢުމްރާ ގްރޫޕުގެ ޢުމްރާވެރިން މާލެ އައުމަށް ފުރަން ހަމަޖެހިފައި އޮތީ ރޭގެ 10:00 ސަޢޫދީ އެއަރލައިންސްގައެވެ.

ނަމަވެސް ޗެކިން ގަޑި ނިމިގެން ޗެކިން ކައުޓަރުތައް ބަންދު ވީއިރުވެސް ކައުންޓަރުތަކާއި ހިސާބަށް ނުދެވި ފްލައިޓް މިސްވުމުގެ ސަބަބުން އެމީހުންނަށް ވަނީ ސައުދީގައި މަޑުކުރަން ޖެހިފައެވެ.

އަލް ބުރޫޖް ޙައްޖު އެންޑް ޢުމްރާ ގްރޫޕުން ޢުމްރާވެރިން ތިބޭ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިއީ ބަސް ދަތުރުގެ އިންތިޒާމްތައް ހަމަޖައްސައިދޭ އެޖެންޓު ވަގުތުގެ ކުރިން ހޮޓަލުން ޗެކްއައުޓްވެ އެއަރޕޯޓަށް ދިއުމަށް ހަމަޖެހިފައިވާ ބަސްތައް ނުފޮނުވުމުގެ ސަބަބުން ދިމާވި ކަމެއްކަމަށެވެ.

އަދި އެ ގުރޫޕްގެ ފަރާތުން މިމީހުން ރާއްޖެއަށް ފޮނުވުމުގެ ކަންކަން ކުރިޔަށް ގެންދާކަމަށާއި ނަމަވެސް މާލެ އާދެވޭނެ ތާރީޚެއް ބުނަން ނޭނގޭކަމަށް އަލްބުރޫޖް ގްރޫޕުން ޢުމްރާވެރިންނަށް ވަނީ އަންގާފައެވެ.

އަލްބުރޫޖް ގްރޫޕްގެ ޢުމްރާވެރިން ސަޢުދީގައި ތާށިވެފައިވާއިރު ރާއްޖޭގެ އަލްމަޝްޢަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް ރާއްޖެ ނާދެވި އެމީހުންވެސް ސަޢުދީގައި ވަނީ ތާށިވެފައެވެ.

އަލްމަޝްޢަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް ދިޔަ 50 މީހުން، އަމިއްލައަށް ޓިކެޓް ނަގައިގެން ރާއްޖެ ދިޔުމަށް އެގްރޫޕުން ވަނީ އަންގާފައިވާއިރު އެ ގްރޫޕްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން