ފަލަސްތީނަށް އދ. ގެ މެމްބަރުކަން ދިނުމަށް އެމެރިކާއިން ހުރަސް އެޅުމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފަލަސްތީނަށް މެމްބަރުކަން ދިނުމަށް ހުރަސް އެޅުނީ އދ. ގެ ސަލާމަތީ މަޖިލީހުގައި އެމެރިކާއިން ވީޓޯ ކުރުމުން ނެވެ.

އެހެންވެ އެ މައްސަލަ އާންމު މަޖިިލީހަށް ދިއުމުގެ ކުރިން ވަނީ ހުއްޓުވައިފަ އެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު ޒަމީރު "އެކްސް"ގައި ވިދާޅުވީ ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރެއްގެ ހައްގު ހޯދުމަށް ހުށަހެޅި ހުށަހެޅުން ހުއްޓުވުމުން ހިތާމަ ކުރައްވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ އދ. ގައި ހިމެނޭ 140 ގައުމަކުން ފަލަސްތީނަށް ތާއިދުކުރާ ކަމަށާއި އަދި އދ.ގެ މެމްބަރަަކަށް ވުމަށް އެގައުމުތަކުބް ތާއިދުކުރާ އިރު ރާއްޖެވެސް އެޮތީ އެ ގައުމުތަކާ އެކުގައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އދ. އިން އިންސާފު ނަގަހައްޓައި ހަމަހަމަ އުސޫލުތަކެއް ގެންގުޅެން ޖެހޭ ކަމަށެވެ.

ހަމަ އެހެންމެ އދ. އިން ބަލައިގެންފައިވާ ފަަލަސްތީނުގެ 1967 ވަނަ އަހަރުގެ ބޯޑަރުގެ ތެރެއިން މިނިވަން އަދި މުސްތަގިއްލު ގައުމެއް ގާއިމުކުރަން ރާއްޖެއިން ކުރާ ތާއިދުގައި ދެމި އޮންނާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން