އެޕާޓްމަންޓަކުން އެއް ކިލޯއަށް ވުރެ ގިނަ ކެނަބިސް އަތުލައިގަނެ ބަޔަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެއީ 31 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކާއި 41 އަހަރުގެ މީހަކާއި 53 އަހަރުގެ މީހެކެވެ.
ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރި މީހުން ކުށްކުރިކަމަށް ކޮންމެވެސް މިންވަރަކަށް ހެކި ފުލުހުން ހުށަހަޅާފައި ވެއެވެ. އަދި އިންޓެލިޖެންސް ރިޕޯޓްވެސް ހުށަހަޅާފައިވާ ކަމަށް ވެއެވެ.
އެގޮތުން އެ މީހުން ތިބި އެޕާޓްމަންޓުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އެ ތަކެތި ބަންދުކުރުމަށް ބޭނުންވާ އާލާތްތަކާއި ބަނގުރާ ފުޅިއެއް ފެނިފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ވެއެވެ. އެ މަސްތުވާތަކެތީގެ ބަރުދަނުގައި އެއް ކިލޯ ހުރިކަމަށް ވެސް ބުނެފައި ވެެއެވެ،
އަދި ހައްޔަރުކުރި މީހުންގެ އަތުން ފައިސާ ވެސް ފެނިފައިވާ ކަމަށް ބުނެފައިވާ އިރު ދެ މީހެއްގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެ އެވެ.
އެ އެންމެނަށް ތުހުމަތުކޮށްފައިވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކޮށް ގެންގުޅެ ވިޔަފާރި ކުރުމުގެ ކުށެވެ.
އެ މައްސަލައިގައި ތިން މީހެއްގެ ބަންދަށް ފަސް ދުވަސް ޖަހައިދިން އިރު 53 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިދީފަ އެވެ. ފަންސާސް ތިން އަހަރުގެ މީހާގެ ކުށުގެ ރެކޯޑާއެކު ކުޑަ ކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެސް ވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު