ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވި ކުރުމަށް އިތުރު ޑްރެޖަރެއް ގެނެސް ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މީގެ ކުރިން 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދިޔައީ އެއް ޑްރެޖާރ ބޭނުންކޮށްގެން ނެވެ. އެއީ "ޓީއެސްއެޗްޑީ ވިލެމް ވެން އޮރަންހީ" އެވެ. މި ޑްރެޖާރގެ ކެޕޭސިޓީ އަކީ 12،000 ކޮޑިމީޓަރެވެ.

އެޗްޑީސީން ބިން ހިއްކުމުގެ މަސައްކަތަށް މިއަދު ގެނައި ދެވަނަ ޑްރެޖާރ "ޓީއެސްއެޗްޑީ ޕްރިންސް ޑި ނެޑަރލެންޑެން" ގައި 22،000 ކޮޑިމީޓަރުގެ ވެލި އުފުލޭނެއެވެ. މިއާއެކު ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގައި މި 2 ޑްރެޖާރ އެކީގައި ބޭނުންކުރަން ފެށުމުން މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެޗްޑީސީން މަސައްކަތް ކުރަމުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި، ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން