ސިޓީން ސޮއި ހޯދި އަކޭ (ކ). އަދި ފެރަން ޓޯރެސް (ވ).
ސިޓީން ސޮއި ހޯދި އަކޭ (ކ). އަދި ފެރަން ޓޯރެސް (ވ).
މެންޗެސްޓާ ސިޓީން ސްޕެއިންގެ ވެލެންސިއާ އަށް ކުޅެމުންދާ ފެރަން ޓޯރެސް އާއި، ނެދެލޭންޑްސްގެ ޑިފެންޑަރު ނޭތަން އަކޭ ގެ ސޮއި ހޯދައިފިއެވެ.

ތޭވީސް މިލިއަން ޔޫރޯގެ އަގަކަށް ޓޯރެސް ސިޓީއަށް ސޮއި ކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. ސަމާ ޓްރާންސްފާގެ ފުރަތަމަ ކުޅުންތެރިޔަކަށް ސިޓީން ޓޯރެސް ހޯދީ މިދިޔަ ޖުލައި މަހުގައި ޖަރުމަނުގެ ޗެންޕިއަން ބަޔާންއާ ގުޅުނު ސާނޭގެ ބަދަލުގައެވެ.

ސިޓީއަށް ސޮއި ކުރުމަށް ފަހު ޓޯރެސް ބުނެފައި ވަނީ ހުރިހާ ކުޅުންތެރިން ވެސް ސިޓީ ކަހަލަ އެޓޭކިން ޓީމަކާއި ގުޅެން ބޭނުންވާނެ ކަމަށެވެ.

ވެލެންސިއާގެ އެކަޑަމީން އެ ޓީމުގެ ސީނިއާ ޓީމަށް 2017 ވަނަ އަހަރު ޓޯރެސް ކުޅެން ފެށިއިރު މި ސީޒަންގައި އޭނާ ވަނީ ވެލެންސިއާ އަށް 34 މެޗު ކުޅެދީ 4 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ސްޕެއިންގެ ޒުވާން އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ 20 އަހަރުގެ ޓޯރެސް ވަނީ ވެލެންސިއާ އާއި އެކު ކޮޕަޑެލްރޭ ކާމިޔާބު ކޮށްފައެވެ.

ސިޓީ އިން މިއަަހަރު ޓްރާންސްފާ މާކެޓްގައި އިތުރު ކުޅުންތެރިން ހޯދަމުންދާ އިރު އެ ޓީމުން ވަނީ ބޯންމެތްގެ ޑިފެންޑަރ ނޭތަން އަކޭ އާއެކު 53 މިލިއަން ޑޮލަރުގެ އަގަކަށް އެއްބަސްވެ އޭނާގެ ސޮއިވެސް ހޯދާފައެވެ. އިނގިރޭސި ޕްރިމިއަރ ލީގުން ބޯންމައުތު ރެލިގޭޓްވި ނަމަވެސް ނޭތަން އަކޭ މި ސީޒަންގައި ދެއްކި މޮޅުކުޅުމުގެ ސަބަބުން ޕްރިމިއަރ ލީގާއި އިޓާލިއަން ސީރިއޭގެ ބައެއް ކްލަބުތަކުން ވަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އަކޭގެ ސޮއި ސިޓީން ހޯދާފައި މިވަނީ ނިމިގެންދިޔަ ސީޒަނުގައި އެޓީމުގެ ފަހަތުގައި މުހިއްމު ދައުރެއް އަދާކުރި ޒުވާން ޑިފެންޑަރު އެރިކް ގާސިއާ ގެންދިޔުމަށް ބާސެލޯނާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން ސިޓީން ވަނީ މިފަހަރުގެ ޓްރާންސްފާ މާކެޓް ފެށުނުފަހުން ޔުވެންޓަސްގެ ފޯވާޑް ޕަބްލޯ މެރޯނޯ އާއި ބްރެޒިލްގެ އުއްމީދީ ޒުވާން ވާތު ބެކް ޔާން ކޫޓޯ،18، އާއި ބްރްކީނާފާސޯގެ ޑިފެންޑަރު އިއްސާ ކަބޯރޭ އެކްލަބަށް ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން