އިސްރާއިލުން އިރާނުގެ ޑިޕްލޮމެޓިކް މިޝަނަށް ދިން ހަމަލާއާ ގުޅިގެން އިރާނުން ރައްދުގައި ދިން ހަމަލާ ދިފާއުކުރަން ކުރި ހަރަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އިސްރާއިލުން ބުނެފި އެވެ.

އިރާނުން އިއްޔެ ދިން ހަމަލާގައި ގިނަ އަދަދެއްގެ ޑްރޯންއާއި ބެލިސްޓިކް މިސައިލްވެސް ކޮންމެވެސް ވަރަކަށް ބޭނުންކުރި އެވެ.

ނަމަވެސްަ އެ ޑްރޯންތަކަކީ ވަރަށް ލަހުން ދަތުރުކުރާ މިސައިލްތަކަކަށްވާތީ އެ ހަތިޔާރުތައް އިސްރާއިލަށް ވަނުމުގެ ކުރިން ވަނީ ވައްޓާލައިފަ އެވެ.

އިސްރާއިލުގެ ބްރިގޭޑިއާ ޖެނެރަލް ރީމް އަމިނޯއާޗް ވިދާޅުވީ އިރާނުގެ ހަތިޔާރުތައް ވައްޓާލަން ބޭނުންކުރި ކޮންމެ މިސައިލް އިންޓަސެޕްޓާގެ ކޮންމެ އެއްޗަކަށް 1.5އަކާ 3.5 މިލިއަން ޑޮލަރުވަރު ހޭދަވީ ކަމަށެވެ. އަދި އޮޕަރޭޝަން ހިންގުމަށާ ހުރިހާ ހަރަދުތަކަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށެވެ.

އެހެން ނަމަވެސް އިރާނުން ހޭދަކުރީ އޭގެ 10 ޕަސެންޓް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި އިރާނުން ތަކުރާރުކޮށް އެފަދަ ހަމަލާތަކެއް ދީފިނަމަ އިސްރާއިލުގެ ދިފާއީ ބެޖެޓަށް ކެތް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިރާނުން ފަހަކަށް އައިސް ދަނީ ހަތިޔާރު އުފެއްދުމުގައި ވަރަށް ބޮޑަށް ކުރިއެރުން ހޯދައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން