ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.

ރައީސް މުޢިއްޒު އައްޑޫ ސިޓީ އަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އައްޑޫ އެއާޕޯޓުން ރައީސް މުޢިއްޒަށް މަރުހަބާ ދެންނެވީ އައްޑޫގެ މޭޔަރު އަލީ ނިޒާރު އާއި ދައުލަތުގެ ވަޒީރުންނާއި ސަރުކާރު އެކި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން މަޖިލިސް އިންތިހާބުގައި އައްޑޫގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

ރައީސް އައްޑޫ އަށް ވަޑައިގަތުމުން އެއާޕޯޓުގެ ބޭރުގައި ގިނަ އަދަދަކަށް އާންމުން އެއްވެ އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފައެވެ.

ރައީސް އައްޑޫ އަށް ކުރައްވާ މި ދަތުރުފުޅުގައި މިރޭ އައްޑޫ ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:15 ގައި އައްޑޫ ހައި ސްކޫލްގަ އެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން