ފުރަތަމަ ފަހަރަށް ކައުންސިލަކުން އަތޮޅު ތެރޭގައި ހިލޭ ވައިފައި ލިބޭ ސަރަަހައްދެއް ގާއިމުކޮށްފި އެވެ.

އެކަން ކޮށްފައިވަނީ ނ. ކުޑަފަރީގައި އެ ރަށުގެ ކައުންސިލުން ނެވެ.

މިއީ ޖަމާއަތުގެ އެންމެންނަށް ހިލޭ އިންޓަނެޓު ގެ ހިދުމަތް ދިނުމުގެ ގޮތުން ދޭ ހިދުމަތެއް ކަމަށް ކުޑަފަރީ ކައުންސިލުން ބުނެއެވެ.

އެގޮތުން ހިލޭ އިންޓަނެޓުގެ ހިދުމަތް ލިބޭނެ ޒޯނުތަކެއް ކުޑަފަރީގައި ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ދަށުން އެެންމެ ފުރަތަމަ އިންޓަނެޓް ދޫކުރީ އެ ރަށުގެ ކްލަބް ހައުސް ޒޯންއަށް ކަމަށް ކައުންސިލުން ބުނެއެވެ.

އެ ހިދުމަތް ހޯދަން އެއްވެސް ޕާސްވޯޑެއް ވެސް ޖަހަން ނުޖެހޭނެ ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ކުޑަފަރީ ކައުންސިލް މެމްބަރު އަލީ ހަސަން "ރަސް"އަށް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ސަރަހައްދުތަކުގައި ވެސް ހިލޭ ވައިފައި ލިބޭނެ ގޮތް ހަދާނެ ކަމަށެވެ،

"އަންބާގެ ސަރަހައްދާއި ބީޗު ސަރަހައްދުގައި ހިލޭ ވައިފައި ލިބޭ ގޮތް ހަދަން މި އުޅެނީ. އެއީ އާންމުކޮށް މީހުން އެއްވެ އުޅޭ ސަރަހައްދުތައް." ހަސަން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން