އީދަށް ރަށްރަށަށް ފޮނުވި ލައިޓުތައް ކައުންސިލްތަކުގެ މުދަލުގެ ގޮތުގައި ކަނޑައަޅަން ނިންމައިފި އެވެ.

މި ފަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި އީދު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ރަށްތައް ދިއްލާލުމަށް ގިނަ އަދަދެއްގެ ލައިޓުތައް ވަނީ ރަށްރަށަށް ފޮނުވައިފަ އެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އީދަށް ފޮނުވި ލައިޓުތައް ކައުންސިލްތަކުގެ މުދަލުގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމާއެކު އިދާރީ މަސައްކަތްތައް ފަށާނެ ކަމަށެވެ.

އަދ ފޮނުވި ތަކެތީގެ ފުރިހަމަ ލިސްޓާއި އެ ތަކެތީގެ މިލްކުވެރިކަން ބަދަލުކުުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު މިނިސްޓްރީން ހިއްސާ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

'

"ކައުންސިލްތަކުގެ އިންވެންޓަރީގައި އެތަކެތި ހިމެނުމަަށްފަހު ގައުމީ/އިޖުތިމާއީ ކަންކަމުގައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ." ވަޒީރު ވިދާޅުވި އެވެ.

މި ފަހަރު އީދަށް ލައިޓުތަކުން ދިއްލާލިއިރު ތަކުބީރުގެ އަޑުން ވެސް އީދުގައި ވަނީ ގުގުމާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން