އަހުޒަމް އަޙްމަދު   12 އޭޕްރީލު 2024 - 8:3
ރާއްޖޭގެ ކުރީގެ ފިލްމީ ބަތަލާ މަރިޔަމް ރަޝީދާ ނިޔާވެއްޖެ އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި މަރިޔަމް ރަޝީދާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި އިއްޔެ ފަރުވާ ދެމުން ދަނިކޮށެވެ. އަދި އޭނާ ބަލިވެ އުޅެމުންދާތާ ދުވަސްތަކެއް ވެފައިވާކަން ވަނީ އެނގިފަ އެވެ.

ނިޔާވިއިރު އޭނާގެ އުމުރުން 46 އަހަރެވެ.

އޭނާގެ ޖަނާޒާ އޮތީ ރޭ މަޣްރިބް ނަމާދަށް ފަހު އެވެ.

މަރިޔަމް ރަޝީދާ ދިވެހީންގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ ދިވެހި ފިލްމު “ހުރަސް”އިން ނެވެ. އެ ފިލްމުގައި އޭނާ އަންހެން ލީޑު ރޯލު ކުޅުނުއިރު މަޝްހޫރު ޑްރާމާ “ބަދުނާމް”ގައި ވެސް މުހިންމު ރޯލެއް އަދާކުރި އެވެ.

މަރިޔަމް ރަޝީދާ ނިޔާވުމާ ގުޅިގެން ފިލްމީ ދާއިރާގެ ފަންނާނުން ން ދަނީ އޭނާގެ އާއިލާއަށް ތައުޒިޔާކިޔަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން