ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ ޝާހްރުކް ހާންގެ ފިލްމުތައް ބަލައި، އޭނާ އަށް ނިކަން ސަޕޯޓު ކުރާ ކަމަށް އިނގިރޭސި ލަވަކިޔުންތެރިޔާ އެޑް ޝީރަން ބުނެފިއެވެ.

އެޑް ޝީރަން މިހެން ބުނެފައިވަނީ އޭނާގެ މެތަމެޓިކްސް ޓުއާރގައި އިންޑިއާގައި ދިން ޝޯތަށް ނިންމާލުމަށްފަހު ޔޫޓިއުބްގައި ހިއްސާ ކުރި ވީލޮގް އެއްގައެވެ. އެ ވީޑިއޯއިން އެޑް އާއި އެކު އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ޝުބަމް ގިލް އަދި ކޮމީޑިޔަން ތަންމޭ ބަޓް ފެންނަ ބައިގައި ކުރި ސުވާލުތަކަށް ޖަވާބުދެމުން އެޑް ބުނީ ބޮލީވުޑްގެ ފިލްމު ބަލާކަމަށެވެ. ހާއްސަކޮށް ޝާހްރުކް ޚާން ގެ ފިލްމުތައް ބަލާ ކަމަށާއި، ގިނައިން މިފަދަ ފިލްމުތައް ބެލެނީ ފްލައިޓު މަތީގައި ކަމަށް އެޑް ބުނެފައިވެއެވެ.

އެޑްގެ ޓުއަރ ތެރެއިން ވަނީ ވަރަށް ގިނަ ބޮލީވުޑްގެ ފަންނާނުންނާ ބައްދަލުކޮށްފައެވެ. އެގޮތުން އެޑް ވަނީ ޝާހްރުކް ހާން އާއި ބައްދަލު ކޮށް ޝާހްރުކް ހާންގެ މަޝްހޫރު ޕޯސް ވެސް ދަސްކޮށްފައެވެ. އެނާ ވަނީ އިންސްޓަގްރާމްގައި އެ ވީޑިއޯ ކޮޅު ހިއްސާ ކޮއްފައެވެ.

އިންޑިއާގައި އެޑް ހޭދަކުރި ދުވަސްތަކުގައި ކުރި ކަންތައްތައް ތަކުގެ ވީޑިއޯ ޔޫޓިއުބްގައި ވީލޮގްއެއްގެ ގޮތުގައި ހިއްސާ ކުރުމުން އޭނާގެ ފޭނުން ވަނީ އިންޑިއާއަށް ދެއްކި ލޯބި ފެނުމުން އެޑް އަށް ތައުރީފްވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން