ހިންދީ ފިލްމު ނޯ އެންޓްރީ 2 ގެ ތަރިންގެ ލިސްޓަށް ޝްރައްދާ ކަޕޫރް، މަނޫޝީ ޗިއްލަރް އަދި ކްރިތީ ސަނަން ފަދަ ތަރިން އިތުރުވެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މީގެ ކުރިން މިފިލްމުން އަރްޖުން ކަޕޫރް، ވަރުން ދަވަން އަދި ދިލްޖިތް ދޮސަންޖް ފިލްމުގެ ލީޑް ރޯލުތަކުން ފެނިގެން ދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ބޮނީ ކަޕޫރް ޔަގީން ކޮށްދީފައިވެއެވެ. އަދި ޖުމްލަ 10 އަންހެން ތަރިން ފިލްމުގައި ހަރަކާތްތެރި ވާނެ ކަމަށްވެސް ބޮނީ ބުނެފައިވެއެވެ.

ނޯ އެންޓްރީ ގެ ފުރަތަމަ ފިލްމު ރިލީޒްކޮށްފައިވަނީ 2005 ވަނަ އަހަރުއެވެ. ނޯ އެންޓްރީ ގެ ފުރަތަމަ ފިލްމުން ތަރިންގެ ގޮތުގައި ސަލްމާން ހާން، އަނިލް ކަޕޫރް، ސެލީނާ ޖެއިޓްލީ، ބިޕާޝާ ބާސޫ، ލާރާ ދައްތާ އަދި އީޝާ ޑިއޯލް ފެނިގެން ދެއެވެ.

ނޯ އެންޓްރީ 2 އަދި އޮތީ ޕްރީ ޕްރޮޑަކްޝަން ސްޓޭޖްގައެވެ. މިހާރު ކުރަމުންދާ މަސައްކަތަކީ ފިލްމަށް ތަރިން ހޯދުންކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މިފިލްމު ޑައިރެކްޓް ކުރަން ހަމަޖެހިފައިވަނީ ފުރަތަމަ ފިލްމުވެސް ޑައިރެކްޓް ކުރި އަނީސް ބަޒްމީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން