އަޙްމަދު ޙުމައިދު   6 އޭޕްރީލު 2024 - 7:49
ހިންދީ ފިލްމް ކިލްގެ ޓީޒަރ ސޯޝަލް މީޑިއާގައި ރިލީޒް ކޮށްފިއެވެ.

ކިލް އަކީ ލޯބީގެ ފިލްމެއް ނަމަވެސް މިފިލްމުން، ރޭލަކަށް ވައްކަން ކުރަން ވަންނަ ބެންޑިތު ގްރޫޕަކާއި 2 ކޮމާންޑޯއެއްގެ ވަރުގަދަ ކުރިމަތިލުމެއް ފެންނިގެންދާނެ ތަފާތު ފިލްމެކެވެ.

ކިލް ވެގެންދާނީ މިހާތަނަށް އިންޑިއާގައި ރިލީޒް ކުރެވޭ އެކްޝަން ސީންތަކާއި އަދި ލޭއޮހޮރުވުންތަށް ގިނަ ފިލްމަކަށެވެ. މި ފިލްމުގައި ހަރަކާތްތެރިވާނީ ރާގަވް ޖުގަލް، ތަންޔާ މަނިކްތަލާ އަދި އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ ލަކްޝް ލަލްވާނީ އެވެ. ފިލްމު ޕްރޮޑިއުސަރުންގެ ގޮތުގައި ސިކްޔާ އެންޓަރޓެއިންމެންޓާއި ދަރްމާ ޕްރޮޑަކްސަންސް މަސައްކަތް ކުރަމުންދާއިރު ފިލްމު ޑައިރެކްޓަރަކީ ނިކިލް ނާގޭޝް ބަޓްއެވެ.

މި ފިލްމު ވަނީ 2023 ގެ ޓޮރޯންޓޯ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްގެ މިޑްނައިޓް މޭޑްނެސްގައި އަޅުވާފައެވެ. އަދި އެފެސްޓިވަލްގައި ފިލްމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. ލިބިގެންދިޔަ ހޫނު ތަރުހީބާއެކު ހޮލީވުޑްގެ މަޝްހޫރު ސްޓޫޑިއޯއެއް ކަމަށްވާ ލަޔަންސްގޭޓްއިން ވަނީ އުތުރުު އެމެރިކާ އަދި އިނގިރޭސިވިލާތުގައި މިފިލްމު ޑިސްޓްރިބިއުޓް ކުރުމުގެ ރައިޓްސް ހޯދާފައެވެ.

މިއީ ބޮލީވުޑްގެ ފިލްމެއްގެ ރައިޓްސް ހޮލީވުޑްގެ ސްޓޫޑިއޯ އަކުން ހޯދި ފުރަތަމަ ފަހަރެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި 5 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން