އިންޑިއާގެ އިލެކްޝަންސް ކޮމިޝަންގެ އިސްނެގުމާކު، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަޔުޝްމަން ކުރާނާ، ޒުވާނުން ވޯޓުލާން ދާން ގޮވާލައިފިއެވެ.

ވޯޓު ލުމުގެ މުހިންމު ކަމާމެދު ޒުވާނުންނަށް އަޔުޝްމަން ކުރާނާ ދިން މިމެސެޖު އިންޑިއާގެ އިލެކްޝަންސް ކޮމިޝަންގެ ސޯޝަލް މީޑިޔާގައި މިހާރު ވަނީ ހިއްސާކޮށްފައެވެ. މި ވީޑިއޯ އާއި ގުޅެގޮތުން ވާހަކަ ދައްކަވަމުން އިންޑިއާގެ އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ސަންތޯޝް އަޖްމޭރާ ވިދާލުވީ، ވީޑިއޯ އިން ދޭން ބޭނުންވާ މެސެޖް ފުރިހަމަ ގޮތުގައި ފޯރުކޮށްދެވިފައިވާކަމަށެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާގެ ލޮކްސަބާ އިލެކްޝަންސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހިނގާ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއިންތިހާބުގައި އިންޑިއާގެ ލޮކްސަބާ، ނުވަތަ ގާނޫނު ހަދާ މަޖިލީހުގެ ދަށުގެއަށް 543 މެމްބަރުން ހޮވުމަށް ވޯޓުލާނެއެވެ.

މިއިންތިހާބުގައި އިންޑިއާގެ އެކި ސަރަހައްދުތަކުން ވީހާވެސް ގިނަބަޔަކު ވޯޓު ލާން ބާރުއެޅުމަށް އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ދަނީ އެތަކެއް މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން