ހާރުދަމުގައި ކުރުން އެންމެ މޮޅުއިތުރު އަޅުކަމަކީ އިސްތިޣްފާރު ކުރުމެވެ.

އިސްތިޣްފާރު ކުރުމަކީ ފާފަފުއްސެވުމަށް އެދި ދުޢާ ކުރުމެވެ. ހާރުދަމުގެ ވަގުތަކީ ފަތިސް ވުމުގެ އިރުކޮޅެއް ކުރިއެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ

މާނައީ: "އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ."

ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ.

"ހަމަކަށަވަރުން މާތް ﷲ ހަތަރު ކަލިމައެއް ޚާއްޞަ ކުރައްވާ އިޚްތިޔާރު ކުރެއްވިއެވެ. އެއީ سُبحانَ اللهِ، والحمدُ للهِ، ولا إِلهَ إلَّا اللهُ، واللهُ أكْبَرُ އެވެ. ފަހެ، سبحان الله ކިޔާފި މީހަކަށް ވިހި ހެޔޮކަން ލިޔެވި، ވިހި ފާފަ ފުއްސެވޭނެއެވެ. الله أكبر ކިޔާފި މީހަކަށް ވެސް ހަމަ އެފަދައިންނެވެ. لا إله إلا الله ކިޔާފި މީހަކަށް ވެސް ހަމަ އެފަދައިންނެވެ. އަދި الحمد لله رب العالمين ކިޔާފި މީހަކަށް ތިރީސް ހެޔޮކަން ލިޔެވި، ތިރީސް ފާފަ ފުއްސެވޭނެއެވެ."

ނާފިޢު رضي الله عنه ރިވާކުރެއްވިއެވެ.

އިބްނު ޢުމަރު رضي الله عنه ދަމުނަމާދު ކުރައްވައެވެ. އެއަށްފަހު ބުނެއެވެ. އޭ ނާފިޢުއެވެ. ހާރުދަން ވެއްޖެ ހެއްޔެވެ؟ އަހަރެން ނޫނެކޭ ބުނެއްޖެނަމަ ނަމާދު ކުރުމުގައި ދެމި ހުންނަވައެވެ. އަދި އަހަރެން އާއެކޭ ބުނެއްޖެނަމަ އިށީންނަވާ ފާފަ ފުއްސެވުމަށް އެދި ދަންނަވާ ދުޢާ ކުރެއްވުމުގައި ފަތިސްނަމާދުގެ ވަގުތު ޖެހެންދެން އިންނަވައެވެ.

-و الله أعلم-


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން