ދުނިޔޭގެ މަޝްހޫރު ލަތާފާ އަދި ލަތާފާ ޕްރައިޑް ބްރޭންޑް ސެންޓު މިހާރު ޕޮއިސް ޕަރފިއުމްސް ފިހާރައިން ލިބެން ހުރި ކަމަށް ޕޮއިސް އިން ހާމަކޮށްފިއެވެ. ޕޮއިސް އިން ބުނީ މިހާރު ލަތާފާ އަދި ލަތާފާ ޕްރައިޑް ބްރޭންޑް ސެންޓުގެ އާ ސްޓޮކެއް ގެނެސްގެން ވިއްކަން ފަށާފައިވާކަމަށެވެ.

ދިވެހިންގެ ތެރޭގައިވެސް މަގުބޫލުކަމެއް ލިބެމުންދާ މި ބްރޭންޑަކީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ބްރޭންޑެކެވެ. 1980އިން ފެށިގެން ސެންޓު އުފެއްދުމުގައި ފާހަގަކޮށްލެވޭ މިބްރޭންޑަކީ ދުބާއީގެ އޮތެންޓިކް އަރަބި ވަސްތަކުގެ އެންމެ ބޮޑު ޕްރިމިއަމް ލަގްޒަރީ ސެންޓުވެސްމެއެވެ.



މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު ލަތާފާ ބްރޭންޑްގެ އެކި ސެންޓުގެ ވައްތަރުތައް، މެދު އިރުމަތިން ފެށިގެން ގޮސް ދުނިޔޭގެ 61 ގައުމެއްގައި ވަނީ މަޝްހޫރުކަން ހޯދާފައެވެ. އަދި މިހާރު ޓިކްޓޮކް މެދުވެރިކޮށްވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބްރޭންޑުގެ ސެންޓު ޕްރޮމޯޓް ކުރަމުންދާލެއް މަދެއް ނޫނެވެ.

މި ބްރޭންޑްގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަނީ ޕޮއިސް ޕަރފިއުމްސް އިންނެވެ.

ޕޮއިސް ޕަރފިއުމްސް އަށް މި ފަހަރު ގެނައި ސްޓޮކްގައި ލަތާފާގެ މަޝްޙޫރު ސެންޓްތަކުގެ ތެރޭގައި ހިމެނޭ ހަޔާތީ، ޔާރާ، ބަދީޢުލް އޫދް، ހަޔާ، ޚަމްރާހް ގެ އިތުރުން އަދިވެސް މަޝްހޫރު އާ ސެންޓުތައް ޕޮއިސް ޕާރފިއުމްސްގެ އައުޓްލެޓްތަކުން ލިބެން ހުންނާނެއެވެ.



ގްރޭޓަރ މާލެ ސަރަހައްދުގައި ޕޮއިސް ޕާރފިއުމްސްގެ ދެފިހާރައެއް މިހާރު ގާއިމުކޮށްފައިވާއިރު، މާލޭގެ ފިހާރަ ހުންނާނީ މަޖީދީ މަގުގެ ރަށްދެބައި މަގު ކައިރީގައެވެ. އަދި ހުޅުމާލެ ފޮއިސް ޕާރފިއުމްސް ހުންނާނީ ހުޅުމާލެ، ނިރޮޅުމަގު ލޮޓް ނަންބަރު 10421 ގައެވެ.

ޕޮއިސް ޕާރފިއުމްސް ފިހާރައިން ވިއްކާ ތަކެތީގެ މައުލޫމާތު ހޯއްދެވުމަށް، މާލެ ފިހާރަ ފޯން ނަންބަރު 9151155, ނުވަތަ، ހުޅުމާލެ ފިހާރަ ފޯން ނަންބަރު 9131155 އާއި ގުޅާލެވޭނެއެވެ. އަދި ޕޮއިސް ޕާރފިއުމްސް އިން ހޯލްސޭލްކޮށް މުދާ ބައްލަވައިގަތުމަށް 7556699 ނަންބަރަށް ގުޅާލުމުން އެކަން ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން ޕޮއިސް ޕާރފިއުމްސްގެ ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް މެދުވެރިކޮށް ޕޮއިސް ޕާރފިއުމްސް ފިހާރައިން ވިއްކާ ތަކެތީގެ މައުލޫމާތު ހޯދާލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން