ރަމަޟާންމަހަކީ ދީނީ ކަންކަމުގެ އިތުރުން ސިއްހަތަށް ބެލުމާއި ރަނގަޅު ކާނާ އާއެކު ބެލެންސް ކުރެވިފައިވާ ޑަޔެޓެއް ގެންގުޅުން މުހިންމު މަހެކެވެ.

ރޯދަމަހު ކެއުމުގެ ކަންކަމުގައި ސަމާލުކަން ދިނުން މުހިންމުވާ އެއްސަބަބީ ރޯދަ އަށް ހުންނައިރު އިންސާނާގެ ހަށިގަނޑަށް އަންނަ ބަދަލުތަކާއެކު، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއަންޓްސް އަދި ވިޓަމިންސްގެ މިންވަރު ދަށް ނުވެ ދެމެހެއްޓުމުގެ ބޭނުމުގައެވެ.

ރޯދައަށް ހުންނަ ގަޑީގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބިދެނީ ހަށިގަނޑުގައި ރައްކާކުރެވިފައި ހުންނަ ގްލޫކޯސް ބޭނުން ކޮށެވެ. އަދި ހަށިގަނޑުގައި ހުރި ގްލޫކޯސް ހުސްވުމުން ބޭނުންވާ ހަކަތަ ދެމެހެއްޓުމަށް ހަށިގަނޑުގައި ރައްކާކުރެވިފައިވާ ސަރުބީ އަދި ޕްރޮޓީން ބޭނުން ކުރަން ފަށައެވެ. މިހެންކަމުން، ކާނާ ކެޔުމުގައި ކާބޯހައިޑްރޭޓްސް ލިބިދޭ ކެއުމުގެ ބާވަތްތަކާއި، މޭވާޔާއި ތަރުކާރީގެ އިތުރުން ޕްރޮޓީންސް އަދި ފައިބަރ އެކުލެވޭ ކާނާގެ ބާވަތްތަށް ބޭނުންކުރުން މުހިންމެވެ. އަދި ބަރުދަން މާބޮޑަށް ލުއިވާނަމަ، ކެއުމުގެ ބާވަތްތަކުގައި ކެލޮރީގެ މިންވަރު އިތުރު ކުރެވިދާނެއެވެ. ¹

މީގެއިތުރުން، ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށް ރޯދައަށް ނުހުންނަ ގަޑިތަކުގައި ގިނައިން ފެންބުއިމަށް އާދަ ކުރަންވާނެއެވެ. ފެން ބުއިމުން ބަނޑުހަރުވުމުން ދުރުކޮށްދީ، ހަޖަމުގެ ނިޒާމަށް ލުއިފަސޭހަތަކެއް ލިބިގެންދެއެވެ. މިހެންކަމުން ރޯދަ އަށް ނުހުންނަށް ވަގުތުގައި 6-8 ތައްޓާއިދެމެދު ފެން ބޯންވާނެއެވެ. ފެންބުއިމަށް އުނދަގޫނަމަ، ފެން ގިނައިން އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ޔޯގަޓް، ތަފާތު ވައްތަރުގެ ސޫޕް އަދި ކަރާ ފަދަ މޭވާއިންވެސް ހަށިގަނޑަށް ބެނުންވާ ފެން ލިއްބައިދެެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން