މީރު ކެއުމެއް ތައްޔާރު ކޮށްލުމުގެ އިތުރުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރަން ވެސް، ދަތުގެ ސިއްހަތު ރަނގަޅު ކުރަން ވެސް، ކަރަންފުލަކީ ރަނގަޅު އެއްޗެއް ކަމަށް ސިއްޙީ މާހިރުން ފާހަގަކުރެއެވެ.

ކަރަންފުލުގައި ހިމެނޭ ނިއުޓްރިޝަން ޕްރޮފައިލް އަށް ބަލާލާއިރު:

100 ގްރާމް ކަރަންފުލުގައި:– ކެލޮރީސް: 274 ކިލޯ ކެލޮރީ

– ކާބޯހައިޑްރޭޓްސް: 65 ގްރާމް

– ޑައިޓޭރިއަން ފައިބަރ: 33 ގްރާމް

– ހަކުރު: 2.4 ގްރާމް

– ޕްރޮޓީން: 6 ގްރާމް

– ސަރުބީ: 13 ގްރާމް

– ވިޓަމިން ސީ

– ވިޓަމިން ކޭ

– ވިޓަމިން އީ

– ވިޓަމިން ބީ6

– ކެލްސިއަމް

– މެގްނީޒިއަމް

- ދަގަނޑު

– ޕޮޓޭސިއަމް އަދި

– ޒިންކް އެކުލެވެއެވެ.ކަރަންފުލުން ލިބޭ ސިއްހީ ފައިދާތައް؟

އަނގައިގެ ސިއްހަތު: ކަރަންފުލުގައި އެންޓިބެކްޓީރިއަލް ޕްރޮޕަޓީސް އެކުލެވޭ ކޮމްޕައުންޑެއް ކަމަށްވާ ޔޫޖެނަލް އެކުލެވިގެންވާތީ، އަނގައިގެ ސިއްހަތަށް ފައިދާހުރި އެއްޗެކެވެ. މިހެންކަމުން ދަތުގައި ރިއްސުން ކުޑަކުރުމާއި، އަނގައިގެ ބެކްޓީރިއާ މަދުކުރުމާއި، ނޭވާލާން އުނދަގޫވުމުން ދުރުކޮށްދެއެވެ.ހަޖަމުކުރުމުގެ ސިއްހަތު: ކަރަންފުލުގައި އެކުލެވޭ މުހިންމު މާއްދާ ތަކުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް ބޭނުންވާ މުހިންމު އެންޒައިމްތައް އުފެއްދުމަށް ބާރުއަޅައި ހަޖަމުކުރުމަށް އެހީތެރިވެދެއެވެ. މިއާއެކު ގޭހުގެ އުނދަގުލާއި އަދި ހަޖަމު ނުވުން ފަދަ ކަންކަމުން ލުއިދީ، ހަޖަމުގެ ނިޒާމުގެ ސިއްހަތު ރަނގަޅުކޮށްދެއެވެ.އެންޓި-އިންފްލެމެޓަރީ: ކަރަންފުލު ގައި ޔޫޖެނޯލް އަދި ފްލެވަނޮއިޑްސް ފަދަ ކޮމްޕައުންޑްތަކަށް ނިސްބަތްވާ އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީސް އެކުލެވިގެންވުމުން، ހުޅުތަކުގެ ސިއްހަތު ރަނގަޅު ކުރުމަށްވެސް އެހީތެރިވެދެއެވެ.އެންޓިއޮކްސިޑެންޓް: ކަރަންފުލަކީ އެންޓިއޮކްސިޑެންޓްސް ގިނައިން ހުންނަ އެއްޗެއް ް ކަމުން ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ދިގުމުއްދަތަށް ތަހައްމަލު ކުރަންޖެހޭ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެގެންދެ އެވެ.ހަކުރު ކޮންޓްރޯލްކުރުން: ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ރެގިއުލޭޓް ކުރުމަށް ކަރަންފޫ އެހީތެރިވެދޭކަމުން، ކަރަންފޫ ކެއުމަކީ ހަކުރުބަލި ހުންނަ ފަރާތްތަކަށް ފައިދާހުރި ކަމަކަށް ވެގެން ދެއެވެ.ނޭވާލާ ނިޒާމުގެ ސިއްހަތު: ކެއްސުމާއި، ނޭވާހާސްވުމާއި، އަދި ނޭވާލާ ނިޒާމަށްޖެހޭ އެހެނިހެން ބަލި ތަކަށް ލުއި ދިނުމަށް ބޭސްވެރިކަމުގައި ކަރަންފޫ ބޭނުންކުރުމަކީ އާންމުކަމެކެވެ. މިފަދައިން ކަރަންފޫ ބޭނުން ކުރަނީ އޭގައި ހިމެނޭ އެންޓިމައިކްރޮބިއަލް ޕްރޮޕަޓީތަކުގެ އެހީތެރިކަން ހޯދުމަށެވެ.ރިހުން ފިލުވައިދިނުން: ބޮލުގައި ރިއްސުން ނުވަތަ ގައިގެ އެކިތަންތާ ރިހުން ތައް ފިލުވައިލުމަށް ކަރަންފޫ ނުވަތަ ކަރަންފޫތެޔޮ ބޭނުން ކުރުމަކީވެސް ބޭސްވެރިކަމުގައި ލަފާ ދޭކަމެކެވެ. މިފަދަ ކަންކަމުގައި ކަރަންފޫ ބޭނުންކުރުން ލުޔެއް ލިބެނީ ކަރަންފުލުގައި އެކުލެވޭ ތަދުފިލުވައިދޭ މާއްދާތަކުގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން