ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި މީހަކު 18 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
އިތުބާރު ހުރި މަގާމެއްގައި ހުރެ، ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް، މިއަހަރުގެ ފެބްރުއަރީ 15 ގައި ސާބިތުވެފައިވަނީ، ތ. ގުރައިދޫ، މިޔަވާލިގެ، ހުސައިން ޒާހިންގެ މައްޗަށެވެ.
މީގެ ހަތަރު އަހަރު ކުރިން ފެންމަތިވި މިމައްސަލާގައި ޒާހިންގެ މައްޗަށް ތިން ދައުވާއެއް ދަޢުލަތުން އުފުލާފައިވެއެވެ.
އެއީ އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި، އެމީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ދައުވާއާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
ޒާހިންގެ މައްޗަށް ކޮށްފައިވާ ހުކުމުގައިވާ ގޮތުން ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި އޭނާއަށް އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު