ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު
މާލެ އާއި ހުޅުމާލެއަށް ދަތުރުކުރެވޭނެ ރަނގަޅު އިންތިޒާމެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަމަޖައްސަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޓެކްސީ ކުރާ ފަރާތްތަކުން، ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑުކޮށް އަގު ނެގުމަކީ ޢާއްމު ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ.

އެކަމާގުޅިގެން މޫސަ މިއަދު ވިދާޅުވީ، މާލޭސިޓީއަކީ ރާއްޖެއާއި ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުން އަރާ ފައިބާ ސިޓީއެއް ކަމަށެވެ. އެހެންކަމުން ވައިގެމަގުން އަންނަ މީހުނަށް މާލެ އާއި ހުޅުމާލެއަށް ދަތުރުކުރެވޭނެ ރަނގަޅު އިންތިޒާމެއް އެއަރޕޯޓުގައި ހަމަޖައްސައިދޭން ޖެހޭކަމަށް މޫސަ ވިދާޅުވިއެވެ.

"ބައެއް ޓެކްސީ ޑްރައވަރުން ގަވާއިދު ހަދައގެން އެކަންކުރުން ރަނގަޅެއްނޫން." މޫސަ ވިދާޅުވެފައިވެއެވެ.



ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޓެކްސީ ކުރާ ފަރާތްތަކުން، ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑުކޮށް އަގުނަގާތީ އެކަމަށް ޙައްލެއް ހޯދުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާއިއެކު ޓްރާންސްޕޯޓް މިނިސްޓްރީން ދާދިފަހުން ވަނީ މަޝްވަރާތަކެއްވެސް ކޮށްފައެވެ.

ޓެކްސީ ދަތުރުތަކުން ކަސްޓަމަރުން އަތުން ނަގާ ފީއަކީ ސަރުކާރުން ކޮންޓްރޯލް ކޮށްފައި އޮންނަ އަގެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން