އަހުޒަމް އަޙްމަދު   25 ފެބްރުއަރީ 2024 - 17:58
އިއްޔެ ރާއްޖޭގެ ރަށަކުން ހިފި ކިނބޫ މިހާރު އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ށ. އަތޮޅުގެ ފަޅުރަށަކުން އެ ކިނބޫ އެންމެ ފުރަތަމަ ފެނުނީ އެ ރަށަށް ދަތުރުދިޔަ ބަޔަކަށެވެ.

އަދި ފަހުން ފުލުހުން ގޮސް ވަނީ އެ ކިނބޫ ހިފައިފަ އެވެ.

ދިހަ ވަރަކަށް ފޫޓު ހުރި އެ ކިނބުލާ ފަހުން ހަވާލުވީ ސިފައިންނެވެ.

އެމްއެންޑީއެފުން ބުނީ އެ ކިނބޫ އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އަދި ކުރިންވެސް އަމަލުކުރާ ގޮތަށް އެ ކިނބުލަށް ރާއްޖެ ނާދެވޭ ހިސާބަށް ދުރަށް ދޫކޮށްލާނީ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ރާއްޖެއިން ކިނބޫ ފެނިފައި ވެއެވެ. ނަމަވެސް އެފަދަ ކިނބުލެއް އެއްވެސް މީހަކަށް ހަމަލާދިން ކަމަށް ރެކޯޑް ކުރެވިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން