ސަރުކާރުގެ ފުރަތަމަ 14 ހަފްތާ މަގުޗާޓުގައިވާ ބޯހިޔާވަހިކަމުގެ ޕޯޓަލް، 'ހިޔާވަހި ޕޯޓަލް' ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

ހ. މީރުމާގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި މި ޕޯޓަލް ރަސްމީކޮށް ލޯންޗުކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑރ. ޢާއިޝަތު ޝިހާމް އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރު ވަނީ ޕޯޓަލްގެ ހާއްސަ ކަންކަމަށް އަލިއަޅުއްވާ ލައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން މި ޕޯޓަލްއާއެކު ބޯހިޔާކަމަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލެވިގެން ދާނެކަމަށާއި، މި ޕޯޓަލް މެދުވެރިކޮށް ބޯހިޔާވަހިކަމާއި ގުޅުންހުރި ހައުސިންގ ސްކީމްތައް އަދި ލޯން ސްކީމްތަކަށް ހުށަހެޅޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މި ޕޯޓަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުރުމަށް ވައުދުވެފައިވާ ބޯހިޔާވެހިކަމަށް އެޕްލިކޭޝަން ހުށަހެޅުމާއެކު، އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭގޮތަށް ފަރުމާކުރެވިފައިވާ ޕޯޓަލެކެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި، ރަޖިސްޓްރީކުރުމާއި، އެފަރާތްތަކުގެ މަޢުލޫމާތު ރައްކާކޮށް، ހައުސިންގ އާއި ގުޅޭ "ހައުސިންގ ނީޑްސް އެސެސްމަންޓް" ކައުންސިލްތަކާއި ގުޅިގެން ހެދުމުގެ މަސައްކަތް މި ޕޯޓަލް މެދުވެރިކޮށް ކުރެވިގެންދާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

އެއާއެކު މި ޕޯޓަލްގެ ޒަރިއްޔާއިން ސަރުކާރުގެ ކޮންމެ ހައުސިންގ މަޝްރޫޢަކަށް ވަކިވަކިން އަމިއްލަ މަޢުލޫމާތުތައް ހުށަހެޅުން ނިމުމަކަށް ގެނެސް، ފަސޭހަ ކަމާއެކު ބޯހިޔާވަހިކަމުގެ ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން