މަތިންދާބޯޓު އުފައްދާ ދުނިޔޭގެ މަޝްހޫރު ކުންފުނި އޭޓީއާރުގެ ދެ ބޯޓު ގަންނަން މޯލްޑިވިއަނުން ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ އެންމެ ބޮޑު ޝޯ "ސިންގަޕޫރު އެއާޝޯ"ގަ އެވެ. އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އޭޓީއާރު ކުންފުނިން ކުރި އެކްސްއެއްގައި ބުނީ މޯލްޑިވިއަނުން ގަންނަނީ އޭޓީއާރު 42-600 މަރުކާގެ ދެ ބޯޓު ކަމަށެވެ.

އެއާއެކު މޯލްޑިވިއަނުން ބޭނުންކުރާ އޭޓީއާރު ބޯޓުތަކުގެ އަަދަދު ހަތަކަށް އަރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

"މި ބޯޓުތަކަކީ ދަތުރުކުރަން ފަސޭހަ، ޖައްވަށް މަދުން ގޭސް ބޭރުކުރާނެ ބޯޓުތަކެއް." އޭޓީއާރުއިން ބުނެފައި ވެއެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ގައުމީ އެއާލައިނަށް އެންމެ ބޮޑެތި ވައިޑް އެއާކްރާފްޓްތައް ގެނައުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ. އަދި އެއާއެކު ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރެވިގެންދާނެކަމަށް ވެސް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން