ދަތި އުނދަގޫ ދަނޑިވަޅުގައި ޕާޓީއަށްވުރެ ގައުމު އިސްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ، ގައުމާމެދު ވިސްނަން ޖެހޭ ކަމަށާއި، ރިކަރަންޓް ހަރަދުތައް އަދާކުރުމަށްޓަކާ އެހެން ގައުމުތަކުން ފައިސާ ހޯދުން ރަނގަޅު ނޫން ކަމަށެވެ. އަދި އެއީ ދަރަނީގެ ދަންތުރައަކަށް ގައުމު ވައްޓާލުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ފައިސާ ހޯދަން ވާނީ ގައުމުގެ އުފެއްދުންތެރިކަމާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުން ފަދަ މުހިންމު ކަންކަމަށް ކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

ޝަރީފް މިފަދައިން ވާހަކަ ދައްކަވާފައި މިވަނީ، ގދ. ތިނަދޫ އެއާޕޯޓް އެޅުމަށް ހަވާލުކުރި ކުންފުންޏާމެދު، މަސްލަހަތު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ހަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

އެކަމަށް އިޝާރާތް ކުރައްވައި އެކްސްގައި ޝަރީފް ކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެ ކުންފުންޏަކީ ރިސޯޓް ހޮޓާ ހިންގާ ކުންފުންޏެއް ކަމަށެވެ. އަދި އެއީ ބައެއް މީހުން ހަބަރު ފަތުރާފައިވާ ފަދައިން އަންނައުނު ވިއްކާ ކުންފުންޏެއް ނޫން ކަމަށް ޝަރީފު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން